ENGLISH

28 އޭޕްރީލު 2026

Advertisement

ނޯތު ރީޖަން ޒޯން ދޭއްގެ ޗެމްޕިއަންކަން ނ. މަނަދޫން ހޯދައިފި

26 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ނޯތު ރީޖަންގެ ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި ނ. މަނަދޫ ޓީމު ޓްރޮފީއާއެކު. ފޮޓޯ: އޭދަފުށި ކައުންސިލް

އެފްއޭއެމް ރީޖަނަލް ލީގުގެ ކޮލިފިކޭޝަންގައި ނޯތު ރީޖަންގެ ޒޯން ދޭއްގެ ޗެމްޕިއަންކަން ނ. މަނަދޫން ހޯދައިފިއެވެ.

ނޯތު ރީޖަންގެ ޒޯން ދޭއްގެ ފައިނަލުގައި މަނަދޫން ވަނީ ފަހަތުންއަރައި 6-5 އިން ބ. އޭދަފުށި ބަލިކޮށްފައެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އެ ޓީމަށް މި ދެ ލަނޑުޖަހައިދިނީ އަލީ ނަސީމް އާއި މިމްރާހް ޢަބްދުލް އަޒީޒް އެވެ.

އޭގެފަހުން، މެޗުގެ 17 ވަނަ މިނެޓުގައި މަނަދޫން ވަނީ ލަނޑުޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑުޖަހައިދިނީ ރައުފަތު އަބޫބަކުރު އެވެ.

އޭދަފުއްޓާ މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭދަފުށީ ކައުންސިލް

މެޗުގައި އޭދަފުއްޓަށް މައްސަލަތައް ކުރިމަތިވީ، 18 ވަނަ މިނެޓުގައި އެ ޓީމުގެ ގޯލްކީޕަރު، މުޙައްމަދު ޒަޔާން އަހުމަދު އަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. އެއީ، އޭރިޔާބޭރުން ބޯޅައިގައި އަތްލުމުންނެވެ.

އެހެންނަމަވެސް، ފުރަތަމަ ހާފު ނިމުމުގެކުރީން، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އޭދަފުށިން ވަނީ އިތުރު ދެ ލަނޑުޖަހައި. ލީޑު ފުޅާކޮށްފައެވެ. އެ ޓީމަށް މި ދެ ލަނޑުވެސް ޖަހައިދިނީ ހުސައިން ޝަރީފް އެވެ. މީގެތެރެއިން، އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

ދެވަނަ ހާފު ފެށިތާ ކުރީކޮޅު، ރައުފަތު ވަނީ މަނަދޫ އަށް ލަނޑެއްޖަހައިދީފައެވެ. އޭގެ މިނެޓެއްފަހުން، އޭދަފުށީގެ ފަސްވަނަ ލަނޑު، އިބްރާހިމް ޝަރީފް ކާމިޔާބުކޮށްދީ އަނެއްކާވެސް ފަރަގު ބޮޑުކޮށްދިނެވެ. އަދި އޭގެފަހުން، މަނަދޫގެ އަމްދާހު އަލީ ދެ ލަނޑުޖަހައި، އެ ޓީމަށް އުއްމީދެއް ހޯދައިދިނެވެ.

މެޗުގެ ފަހުބައިގައި އިތުރު ދެ ލަނޑުޖަހައި، މަނަދޫން ވަނީ ނަތީޖާ އަނބުރާލައިފައެވެ. އެގޮތުން، މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމުގެ ފަސްވަނަ ލަނޑު، އަހުމަދު އަލީ ކާމިޔާބުކޮށްދިންއިރު، އިތުރުވަގުތުގެ ތެރޭގައި މަނަދޫ މޮޅުކޮށްދިނީ ޚަލަފް އަހުމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު