ENGLISH
28 އޭޕްރީލު 2026
ކުލަގަދަ ރަސްމިއްޔާތަކާއެކު އޭޝިއަން ބީޗް ގޭމްސް ރަސްމީކޮށް ފަށައިފި
23 އޭޕްރީލު 2026
|
އޭޝިއަން ބީޗް ގޭމްސް 2026 ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސް ކުލަގަދަ ރަސްމިއްޔާތަކަށްފަހު ފަށައިފިއެވެ.
ރޭ ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ސީސައިޑް ޔަޝާ ޕާކުގައެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި ދިދަ އުފުލާލާފައި ވަނީ އެތުލެޓިކްސް ތަރި އަހްނާ ނިޒާރާއި ބީޗް ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ޝަމްނޫޒް މުހައްމަދު ނައީމެވެ. ރަސްމިއްޔާތުގައި ކުރިއަށްދިޔަ އެތުލީޓުންގެ ޕެރޭޑްގައި ރާއްޖޭގެ 27 އެތުލީޓުންނާއި ބައެއް އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ސަގާފަތް ދައްކުވައިދިން ހުށަހެޅުންތަކާއި، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިފަހަރުގެ ގޭމްސްގައި 2500 އަށްވުރެ ގިނަ އެތުލީޓުން އެކިއެކި ކުޅިވަރުތަކުގައި ވާދަކުރަމުންދާ އިރު، ރާއްޖޭގެ އެތުލީޓުންނަށްވެސް މިހާރު ވަނީ އިވެންޓްތައް ފެށިގެން ގޮސްފައެވެ.
އޭޝިއަން ބީޗް ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން އެމްއޯސީގެ ސެކްރެޓަރީޖެނެރަލް ތަމޫހު އަހުމަދު ސައީދާއި، އެމްއޯސީގެ އިތުރު އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.