ENGLISH

20 އޭޕްރީލު 2026

Advertisement

ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ ފައުންޑޭޝަން މަސައްކަތްތައް ކުރިއަށް

20 އޭޕްރީލު 2026

|

ފާތުމަތު އަދާ

ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ މަސައަކަތް ކުރާ ސަރަހައްދު/ ފޮޓޯ:އެމްޓީސީސީ

މ. ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ދެ އިމާރާތެއްގެ ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ކަމަށެވެ.

ދިއްގަރުގައި އަޅާ ހައުސިން ޔުނިޓްތަކުގެ ބޮޑުމިނަކީ 1000 އަކަފޫޓުއެވެ. ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އާއި ފާހާނާ އަދި ސިޓިން ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ލޯންޑްރީ އާއި ސްޓޯރޫމެއް ހުންނާނެ އެވެ.

ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ މަސައްކަތް އެމްޓީސީސިއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އެޕްރީލް މަހުގައެވެ. މި މަޝްރޫޢަށް ޖުމްލަ 117.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް، ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.    

ކިޔުންތެރިންގެ ހިޔާލު