ENGLISH
20 އޭޕްރީލު 2026
ޖާބިރުގެ ސުވާލެއް ނަޝީދަށް: މަނިކުފާނު މަޖިލީހުގައި އިންނެވި އިރު "ބޮޑު ބަދަލު" ނުގެނައީ ކީއްވެ؟
20 އޭޕްރީލު 2026
|
ކުރީގެ މެމްބަރު ޖާބިރު
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ރައީސް ނަޝީދު ހުންނެވި އިރު އެމަނިކުފާނު މިހާރު ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު"ގައި ހިމެނޭ ކަންކަން ތަންފީޒު ނުކުރެއްވެވީ ކީއްވެގެންތޯ އައްސަވައި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު، ރައީސް ނަޝީދަށް ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފި އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ތާއީދު ކުރައްވައި، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާއިރު ސަރުކާރުން ބައެއް ކަންކަން އިސްލާހުކުރަންޖެހޭކަމަށް ވިދާޅުވެ ރައީސް ނަަޝީދު ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ވެސް ކަންތައްތަކެއް ސަރުކާރަށް ހުށަހަޅުއްވާފަ އެވެ.
އެކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޖާބިރު ވިދާޅުވީ "ބޮޑު ބަދަލު"ގެ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި ގިނަ ކަންކަމަކީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރުވެސް އިސްލާހީ ބަދަލުތަކުގެ ގޮތުގައި ގެންނަވާ ކަންކަންކަމަށެވެ.
ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ރައީސް ނަޝީދު ހުންނެވި އިރު އެމަނިކުފާނު މިހާރު ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު"ގައި ހިމެނޭ ކަންކަން ތަންފީޒު ނުކުރެއްވެވީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަވާފަ އެވެ.
"ތިމަންނާމެންގެ ސްޕަ މެޖޯރިޓީ އޮތް މަޖިލީހެއްގެ ރައީސްކަން ކުރެއްވި އިރު މިކަންކަން ނުކޮށް އެހެން ސަރުކާރެއްގެ ހުށަހެޅުން އަމިއްލަކުރަން އުޅުން ވަރަށް ހުތުރު،". "ބޮޑު ބަދަލު" ގެ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވީ ރައީސްގެ އިސްލާހީ އެޖެންޑާގެ ތެރޭގައި ހިމެނޭ ކަންކަން ކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީން ގައުމުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުން އަންނާތީ ގިނަ ބައެއްގެ ފާޑުކިޔުން އެޕާޓީއަށް ވަނީ އަމާޒުވެފަ އެވެ.