ENGLISH

19 އޭޕްރީލު 2026

Advertisement

ދެ އިންތިޚާބުގެ ނަތީޖާ: ކޮންގްރެސްއަށް 584، އެމްޑީޕީއަށް 563 ގޮނޑި

19 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކޮންގްރެސްގެ ކެމްޕެއިންގެ ފަހުގެ ރެލީގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

މި މަހުގެ ހަތަރުވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ހުރިހާ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ. ދެވަނަ ބުރު ބާއްވަން ޖެހުނު ދާއިރާތަކުގައި ވެސް އިންތިޚާބު ވަނީ ބާއްވާފަ އެވެ.

ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކޮންގްރެސް ޕާޓީން ވަނީ 584 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 563 ގޮނޑި އެވެ. އެހެން ކަމުން 21 ގޮނޑީގެ ފަރަގުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށްވަނީ ކޮންގްރެސް އެވެ.

އަމިއްލަ ގޮތުން ވާދަކުރި 169 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެމްޑީއޭއަށް 23 ގޮނޑި ލިބުނެވެ. އަދާލަތަށް ހަ ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި ލިބިފައިވެ އެވެ.

ޑިމޮކްރެޓްސް އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ސިޓީތައް ފިޔަވާ ހުރިހާ ދާއިރާއަކުން ކުރީގައި ކޮންގްރެސް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި 1351 ކެންޑިޑޭޓުން އިންތިޚާބު ކޮށްފައިވެ އެވެ.

އޭގެ ތެރެއިން ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީންނެވެ. ކައުންސިލް ރައީސްގެ 75 ގޮނޑި އެ ޕާޓީން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ 73 ގޮނޑި އެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރި ގޮނޑިތަކުން 101 ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކުރި އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 88 ގޮނޑި އެވެ.

ކައުންސިލް މެންބަރު ކަމުގެ 99 ގޮނޑި ކޮންގްރެސް އިން ހޯދިއިރު އެމްޑީޕީއަށް ލިބިފައި ވަނީ 82 ގޮނޑި އެވެ. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާ އިންގެ 84 ގޮނޑި ކޮންގްރެސް އަށް ލިބުނެވެ. އެމްޑީޕީއަށް ލިބުނީ 60 ގޮނޑި އެވެ.

ކޮމެޓީތަކުގެ މެންބަރުންގެ 216 ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ 167 ގޮނޑި އެވެ.

ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ހޯދިއިރު ކޮންގްރެސްއަށް ލިބުނީ ފަސް ގޮނޑި އެވެ. ސިޓީތަކުގެ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ހޯދި އެވެ. ކޮންގްރެސްއަށް ލިބުނީ ހަތަރު ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު