ENGLISH
21 އޭޕްރީލު 2026
މުލަކު ގޮނޑުދޮށް ހިމާޔާތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް
15 އޭޕްރީލު 2026
|
މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ގްރޮއިން ޖެހުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ) އިން ބުނެފި އެވެ.
އެމްޓީސީސީއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، ގްރޮއިން ޖެހުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މި މަޝްރޫއުގެ ހަ އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 343 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 539 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 14،548.25 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. މި މަޝްރޫއަކީ 38.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
ރަށް ގިރުމުގެ މައްސަލައަކީ މުލަކަށް ބޮޑު މައްސަލައެކެވެ. މިކަމަށް އެއްވެސް ވަރަކަށް އަޅާނުލެވި އޮތުމުން ރަށުގެ ބިމުން ބޮޑުބައެއް ގިރައިގެންގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފައިވެ އެވެ. މުލަކުގެ ގޮނޑުގޮށް ހިމާޔަތްކުރުމުގެ ފުރަތަމަ މަޝްރޫއު ނިންމާލާފައިވަނީ 2022 ވަނަ އަހަރު ޖެނުއަރީ މަހު އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއެކު އެރަށުގެ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބި ރައްޔިތުންގެ ކަންބޮޑުވުންތައް ފިލައިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.