ENGLISH

12 އޭޕްރީލު 2026

Advertisement

ގައުމީ ސަލާމަތާ ގޅޭ ކަންކަން ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރަން މަޝްވަރާކޮށްފި

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރެއްވުން. ފޮޓޯ: ދާހިލީ ސަލާމަތާ ބެހޭ ވުޒާރާ

ގައުމީ ސަލާމަތާ ގުޅޭ ކަންކަން ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާކޮށްފައި ވަނީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

މި މަޝްވަރާގެ ބައްދަލުވުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވަކިން ހާއްސަކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. 

އަދި މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދާއިރާއާ ގުޅުންހުރި ތައުލީމީ އަދި ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިކަން ވެސް ވުޒާރާއިން ފާހަގަކުރެ އެވެ. 

މީގެ އިތުރަށް އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައިކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު