ENGLISH

12 އޭޕްރީލު 2026

Advertisement

މާރިޗު މަހު ވޭޕާއި ގުޅުންހުރި 20 މައްސަލަ، 82 މީހުން ޖޫރިމަނާ ކުރި

12 އޭޕްރީލު 2026

|

ސުވެއިދާ ހުސެއިން

ކަސްޓަމްސްއިން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ވޭޕާއި ވޭޕްކުރާ ސާމާނު: މިދިޔަ މާރިޗު މަހުގެ ތެރޭގައި ވޭޕާއި ގުޅުންހުރި 20 މައްސަލައެއްގައި 82 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ--ފޮޓޯ، ކަސްޓަމްސް

މި ދިޔަ މާރިޗުހުގެ ތެރޭގައި، އީ-ސިނގިރޭޓާއި ވޭޕާއި ގުޅުންހުރި،  20 މައްސަލަ ބަލައި 82 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ  އިދާރާއިން ބުނެފިއެވެ.

ފުލުހުން ހާމަކޮށްފަިއވާ ތަފާސްހިސާބުތަކުން ދައްކާގޮތުނުން މި މައްސަލަތަކުގައި ހިމެނެނީ  ވޭޕް ބޭނުންކުރުމުގެ 9 މައްސަލައަކާއި، ވޭޕް ގެންގުޅުމުގެ 7 މައްސަލައަކާއި، ވޭޕް ގަނެ ވިއްކުމުގެ މައްސަލައެއްގެ އިތުރުން، ވޭޕާއި ގުޅުންހުރި ތަފާތު ތިން މައްސަލައެކެވެ.

މާރިޗު މަހުގެތެރޭގައި، އީ-ސިނގިރޭޓާއި ވޭޕާއި ގުޅުންހުރި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދަކީ 407,000 ދިވެހި ރުފިޔާއެވެ. މި ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި 52 މީހުން ނަކީ ވޭޕް ބޭނުން ކުރުމުގެ ސަބަބުން ޖޫރިމާނާކުރި މީހުންނެވެ. އެގޮތުން 269،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. މީގެ އިތުރުން  ވޭޕް ގެންގުޅުނު 30 މީހުން 138،000 ރުފިޔާއިން  ޖޫރިމަނާކުރި ކަމަށް، ފުލުހުންގެ ތަފާސްހިސާބުތަކުގައިވެއެވެ.

ފުލުހުން ބުނީ މި ތަފާސްހިސާބުތަކުން ހާމަވަނީ ޤާނޫނު ތަންފީޛުކުރުމަށް ކުރެވެމުންދާ މަސައްކަތްތައްކަމަށާއި،  ނަމަވެސް، މީގެ އެންމެ މުހިންމު ބޭނުމަކީ ހޭލުންތެރިކަން އިތުރުކުރުމާއި ޒިންމާދާރު ނިންމުންތައް ނިންމުމުގެ މުހިންމުކަން ހަނދާންކޮށްދިނުންކަމަށެވެ. އެހެންކަމުން، އެންމެހައި ފަރާތްތަކުން މަޢުލޫމާތަށް އަހުލުވެރިވެ، ޤާނޫނަށް ބޯލަނބައި، އެންމެންނަށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދިނުމަށް ފުލުހުން ވަނީ  އިލްތިމާސްކޮށްފައެވެ.

މިމަހުގެ ތެރޭގައި،މާލޭ ކޮމާޝަލް ހާބަރުގައި ސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ 1,940 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު