ENGLISH

11 އޭޕްރީލު 2026

Advertisement

ކުނިފުނީގައި ރޯވެ ދޯދި ފްލެޓްތައް ކައިރީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

11 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އަލިފާން ރޯވެފައި

ކުނިފުނީގައި ރޯވެ ދޯދި ފްލެޓްތައް ކައިރީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްެއެންޑީއެފުން ބުނީ ‏ހުޅުމާލޭ ފޭސް 2ގެ ދޯދި ފުލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 02:21 ހާއިރު އެވެ.

އަލިފާން ރޯވީ ދޯދި ފްލެޓް 11 ކައިރީގައި ހުރި ބޮޑު ކުނިފުންޏެއްގަ އެވެ.

ކުނިތަކުގައި ވަރަށް ގަދައަށް ހުޅުހިފާ އަލިފާނުގެ ނުރައްކާތެރި ހާދިސާއަކަށް ވަނީ ވެފަ އެވެ.

މިއީ އެ ފްލެޓްތަކުގަައި އުޅޭ އެތައް ބަޔަކަށް އެކަމުން އުނދަގުލާއި ނުރައްކާވާނެ ކަމެކެވެ. އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު