ENGLISH

08 އޭޕްރީލު 2026

Advertisement

ހަބަރު ހުސްވެެފައި އޮއްވާ ފެނުނު މީހާއަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

07 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ހަބަރު ހުސްވެެފައި އޮއްވާ ފެނުނު މީހާ

ހަބަރު ހުސްވެެފައި އޮއްވާ ފެނުނު މީހާއަށް ފަރުވާ ދެނިކޮށް މަރުވެއްޖެ އެެވެ.

މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނުނީ އިއްޔެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އެމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ މަރުވެފައި ކަމަށެވެ. އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެކެވެ. 

މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ މަރުވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު