ENGLISH

06 އޭޕްރީލު 2026

Advertisement

ހަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެ، މައްސަލަ ބަލަނީ

06 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މަގުމަތީން ފެނުނު މީހާ --

އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް މީހަކު ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:18 އެހައިކަންހާއިރު ލިބިފައިވާ ކަަމަށް ވެސް ބުންޏެވެ.

އަދި ބުނީ ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި ބުނީ އެމީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު