ENGLISH
03 އޭޕްރީލު 2026
އަލިފުށީ އަލިފާނުގެ ހާދިސާ: ގޭގައި ދިރިއުޅުނު ދެމަފިރިންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި
03 އޭޕްރީލު 2026
|
ރ. އަލިފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ.
އެންމެ މަޤްބޫލު
ރ. އަލިފުށީގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގޭގައި ދިރިއުޅުނު ދެމަފިރިންނަށް
ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ހާދިސާގެ މައުލޫމާތުދެމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާ ހިނގި ގޭގައި ދިރިއުޅެމުންދާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން އެ އޮތޯރިޓިީން ކުރަމުންދާ ކަމަށެވެ.
އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ހާދިސާގައި ގެއްލުން ލިބުނު ގޭގައި ދިރިއުޅެމުން އައި ދެމަފިރިންނަށް އެ އޮތޯރިޓީގެ ފަރާތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ހާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފަ އެވެ.
މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
މީގެ އިތުރުން އައިރިސްގެޔާއި އިންވެގެން ހުރި ދޯޅަބުގެ ފާރަށް ވެސް މި ހާދިސާގައި ގެއްލުންވެފައިވާކަމަށާއި މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެންޑީއެމްއޭއިން ހާމަކުރެ އެވެ.
އަލިފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި މި އަލިފާންގަނޑު ނިއްވާލީ ސިފައިންނާއި ފުލުހުންނާއި އާންމުންކުރި މަސައްކަތް ކުރަމުން ނެވެ. އަލިފާންގަނޑު ނިއްވާލެވުނު އެގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވީ ސަަބަބެއް ސާފެއް ނުވެ އެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.