ENGLISH

01 އޭޕްރީލު 2026

Advertisement

މާލެ ޓެކްސީ ފަށަން ތައްޔާރު: މާލެއާ ގުޅޭ "ޗަންގަން ލޫމިން" ކާރުތައް ގެނެސްފި

01 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މި ފަހަރު ގެނައި ކާރުތައް --

ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިން "މާލެ ޓެކްސީ" ގައި ބޭނުންކުރާނެ ކާރުތަކުގެ ދެވަނަ ބެޗު ރާއްޖެ ގެނެސްފި އެވެ.

"މާލެ ޓެކްސީ" ގެ ޚިދުމަތްދޭ އެމްޓީސީސީން ބުނީ މި ފަހަރު ގެނެސްފައި ވަނީ "ޗަންގަން ލޫމިން" މޮޑެލްގެ ހިތްގައިމު މާލެއާ ގުޅޭ ކުދި ކާރުތަކެއް ކަމަށެވެ. މިއީ ދެ ފަސިންޖަރުންނަށް އެރޭ ކާރެކެވެ. 

ފުރަތަމަ ބެޗުގައި 60 ކާރު ވަނީ ގެނެސްފަ އެވެ. އެއީ ރީތި ޑިޒައިނަކަށް ހުރި ބޮޑެތި ކާރުތަކެކެވެ. ދެވަނަ ބުރުގައި 90 ކާރު ގެނެސްފައިވެ އެވެ. ސަރުކާރުން ޕްލޭން ކޮށްފައި އޮތީ 150 ކާރު ގެނެސް ޓެކްސީގެ ޚިދުމަތް ފެށުމަށެވެ.

ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިން މޮޑެލެއްގެ ކާރުތަކެވެ. އޭގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ގެނައީ ތައިލެންޑުންނެވެ. އަނެއް ދެ މޮޑެލްގެ ކާރުތައް ގެނައީ ޗައިނާއިންނެވެ.

އެމްޓީސީސީއިން ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ނަގަން ވަނީ ނިންމާފަ އެވެ. އޭގެތެރެއިން 122 ޑްރައިވަރުން ހަމަޖައްސާނީ ފުލްޓައިމްކޮށެވެ. 

އެމްޓީސީސީން ބުނީ ޓެކްސީ ލައިނުގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. ޚިދުމަތް ދޭނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާމިޔާބު ބައެއް ޚިދުމަތްތައް ދޭ ގޮތަށެވެ. ރާއްޖޭގައި އަލަށް ފަށާ ޓެކްސީ ލައިނުގެ ޚިދުމަތް 24 ގަޑިއިރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިހާރު ވަނީ ހޮޓްލައިން ވެސް ތައާރަފުކޮށްފަ އެވެ. މާލެ ޓެކްސީ ނަންބަރަކީ 1655 އެކެވެ.

ކިޔުންތެރިންގެ ހިޔާލު