ENGLISH
02 އޭޕްރީލު 2026
ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ: އާދަމް ޝަރީފް
31 މާރިޗު 2026
|
ބ. ދޮންފަނު ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އާދަމް ޝަރީފް ބައްލަވާލެއްވުން-- ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ރާއްޖޭގެ 55 ރަށެއްގައި ތަރައްޤީކުރަމުން އަންނަ ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަޒީރު ވިދާޅުވީ، ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމަށް ކުރާ ޒިޔާރަތުގެ ސަބަބުން، އިދާރާތަކުގެ އެތެރޭގެ ތަރުތީބު ކުރުންތައް ،އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބ. އަތޮޅުގެ ބައެއް ރަށްރަށުގައި އިމާރާތްކުރާ ކައުންސިލްގެ އިދާރާގެ މަސައްކަތް ކުރިއަށް ދާގޮތް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ އިއްޔެ ބައްލަވާލައްވާފަ އެވެ.
ކައުންސިލް އިދާރާގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. ވަޒީރު އިތުރަށް ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރަށްރަށުގައި ހުރި ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުގެ ސަބަބުން އެތަންތަން ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނުގެ ވައުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމެވެ. އެއީ އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 55 ރަށުގެ މަސައްކަތާއި ޗައިނާގެ އެހީގެ ދަށުން އަޅާ 50 ކައުންސިލް އިމާރާތުގެ މަސައްކަތެވެ.
އަލަށް ޢިމާރާތްކުރާ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފަ އެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައި ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.