ENGLISH
26 މާރިޗު 2026
ބުރުނީ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް
26 މާރިޗު 2026
|
ތ. ބުރުނީ ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްތައް ބެހެއްޓަނީ -- ފޮޓޯ އެމްޓީސީސީ
އެންމެ މަޤްބޫލު
ތ. ބުރުނީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ވަނީ މި މަސައްކަތަށް ބޭނުންކުރާ ކޮންކްރީޓް ބްލޮކްތައް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު މި ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބުރުނީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު މި މަސައްކަތުގެ ދަށުން 20،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހަބާރ ބޭސިން ފުންކުރުމާއި، 9،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 8،400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 2،578 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން ބަނދަރުގައި ބައްތި ހަރުކުރުމާއެކު ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 54.34 މިލިއަން ރުފިޔާއަށެވެ.