ENGLISH
26 މާރިޗު 2026
ފިޠުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބަހައިފި
26 މާރިޗު 2026
|
ޒަކާތުގެ ފައިސާއިން ޣައްޒާގެ މުސްލިމުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ. ފޮޓޯ؛ ޒަކާތު ހައުސް
އެންމެ މަޤްބޫލު
ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ޒަކާތު ހައުސްއިން އިސްރާ އެސޯސިއޭޝަނާ ހަވާލުކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
މި ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ޕެކް ބަހާފައިވާއިރު މި ޕެކްގައި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި ހަނޑޫ، ކައްކާ ތެޔޮ، އަދި ކާތަކެތި ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ދަޅު ހިމެނޭކަމަށް ޒަކާތު ހައުސްއާއި އިސްރާ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާއިން ލިބިފައިވަނީ 15،009،749 (ފަނަރަ މިލިއަން ނުވަހާސް ހަތްސަތޭކަ ސާޅީސް ނުވަ) ރުފިޔާއެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ ފާއިތުވި ތިން އަހަރު ލިބުނު ފައިސާގެ އަދަދަށްވުރެ ގިނަ އަދަދެކެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެން މި އަހަރު ފަގީރުންނާއި މިސްކީނުންނަށް ފިތުރު ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ އަދަދުވެސް އިތުރުވެފައިވެއެވެ. އެގޮތުން ހަމަހަމަައަށް ޒަކާތުގެ ފައިސާ ބެހުމަށް ނިންމި އުސޫލުގެ ދަށުން މި އަހަރު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 6،000 ރުފިޔާގެ މަގުން ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވެއެވެ.