ENGLISH
25 މާރިޗު 2026
ކ. ހިންމަފުއްޓާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
25 މާރިޗު 2026
|
އެންމެ މަޤްބޫލު
ކ. ހިންމަފުށި ސިއްހީ މަރުކަޒާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހިންމަފުށި ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މިއަދު މިނިސްޓްރީ އޮފް ހެލްތު ގައި މިއަދު ބޭއްވި ބޭއްވި ރަސްމީޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު އެވެ.
ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަަސައްކަތުގެ ދަށުން 5767 އަކަފޫޓުގެ ސަރަހައްދެއްގައި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތް ހަދާނެ އެވެ.
މި މަސައްކަތް 360 ދުވަސްތެރޭ ނިންމަން ޖެހެ އެވެ. މަސައްކަތުގެ އަގަކީ 11.24 މިލިއަން ރުފިޔާ އެވެ.
ކަނޑޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން 21 އެނދުގެ ހިދުމަތް ދެވޭނެ އިމާރާތަކާއި، އެކޮމޮޑޭޝަންގެ ދެ އިމާރާތެއް ހަދާނެ އެވެ.
މިއީ 22.66 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަސައްކަތެކެވެ.