ENGLISH

15 މާރިޗު 2026

Advertisement

ތިން އަހަރަށްފަހު ދަގަނޑޭ ޤައުމީ ޓީމަށް

14 މާރިޗު 2026

|

މުޙައްމަދު އަދުހަމް

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ކުޅެނީ. --މިހާރު ފައިލް ފޮޓޯ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤު (ދަގަނޑޭ)، ތިން އަހަރެއްހާ ދުވަހަށްފަހު ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފިއެވެ.

މިއީ 2023 ވަނަ އަހަރުގެ މާރިޗް މަހު ޕާކިސްތާނާ ދެކޮޅަށް ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައި ޤައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ދަގަނޑޭ އަށް ޤައުމީ ސްކޮޑުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. 

ދެހާސް ހަތާވީސް ވަނަ އަހަރު ސަޢޫދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 31 ވަނަ ދުވަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ނެގި ޤައުމީ ޓީމުގެ ޕްރެލިމިނަރީ ސްކޮޑު އިޢުލާންކުރީ މިރެ އެވެ.

ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ޤައުމީ ޓީމުގެ ޕްރެލިމިނަރީ ސްކޮޑު. --ފޮޓޯ: އެފްއޭއެމް

އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު ގަލޮޅު ދަނޑުން ދަގަނޑޭގެ ފުރަތަމަ ފެނިލުމަކީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް އޭނާގެ ޓީމު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 3-0 އިން މޮޅުވި މެޗެވެ. އޭގެކުރީން، ދަގަނޑޭ އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗަށް ވަނީ 26 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑެއް ނަގައިފައެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ސްކޮޑުގައި ވެސް އެންމެ ގިނައިން ހިމެނިފައިވަނީ މާޒިޔާގެ ކުޅުންތެރިންނެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ ޓީމަށް ނިސްބަތްވާ 8 ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ހިމެނިފައިވާއިރު، ދެން އެންމެ ގިނައިން ކުޅުންތެރިން ތިބި ނިއުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބުގެ ފަސް ކުޅުންތެރިއަކު ވަނީ ސްކޮޑުން ޖާގަ ހޯދައިފައެވެ.

ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ޓިމޯ ލެސްޓޭ އާއި ފިލިޕީންސްގެ އިތުރުން ތަޖިކިސްތާނެވެ. ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޕްރެލިމިނަރީ ސްކޮޑު:

އަހުމަދު ޢަބްދުﷲ (ބުރު ސްޕޯޓްސް ކްލަބު)

ތޯއިފް ޤާސިމް (ބުރު ސްޕޯޓްސް ކްލަބު)

މުޙައްމަދު އަޝްވާން (ކްލަބް އީގަލްސް)

އަލީ ހާފިޒް (ކްލަބް އީގަލްސް)

އިބްރާހިމް މަހުދީ ހުސައިން (ކްލަބް އީގަލްސް)

ހުސެއިން ޝަރީފް (މާޒިޔާ)

ސަމޫހު އަލީ (މާޒިޔާ)

ހައިޝަމް ހަސަން (މާޒިޔާ)

ހުސައިން ޝިފާއު (މާޒިޔާ)

އިބްރާހިމް އައިސަމް (މާޒިޔާ)

އަހުމަދު އައިހަމް (މާޒިޔާ)

ހަމްޒާ މުޙައްމަދު (މާޒިޔާ)

ނާއިޒް ހަސަން (މާޒިޔާ)

މުޙައްމަދު ފައިސަލް (ނިއު)

މުޙައްމަދު އިރުފާން (ނިއު)

މުޙައްމަދު ނިޒާމް (ނިއު)

އަލީ ފާސިރު (ނިއު)

އަލީ އަޝްފާޤު (ނިއު)

އަހުމަދު އައިހަމް (އޮޑި)

އިބްރާހިމް ވަހީދު ހަސަން (އޮޑި)

މުޒްދާން ހަސަން (އޮޑި)

ޢަބްދުﷲ ލޫތު އިބްރާހިމް (އޮޑި)

މުޙައްމަދު ޝަފީއު (އޮޑި)

އަމްދާން އަލީ (ވިކްޓްރީ)

އަލީ ޝާމިސް (ވިކްޓްރީ)

އަހުމަދު ރިޒުވާން (ވިކްޓްރީ)

ކިޔުންތެރިންގެ ހިޔާލު