ENGLISH
11 މާރިޗު 2026
އެއާޕޯޓުން ފައިސާ ފޭރުނު މައްސަލަ: އަށް މީހަކަށް ދަޢުވާ އުފުލައިފި
11 މާރިޗު 2026
|
އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތު އޮތް ބައެއް މީހުން --
އެންމެ މަޤްބޫލު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭހެއް ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ހުށައަޅައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ވަނީ އެކަން ޔަޤީންކޮށްދީފަ އެވެ. ދަޢުވާ އުފުލާފައިވަނީ:
* ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު
* ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް
* ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު
* ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު
* ލ. މާވައް، ރޭޝަމް، މާޒިން މޫސާ
* މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް
* ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް
* ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާން
މީގެ ތެރެއިން މާޙިދުގެ މައްޗަށް ވަނީ ފޭރުމުގެ ކުށުގެ ދަޢުވާ އާއި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ އާއި މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އުފުލާފަ އެވެ.
އަފްޒަލްގެ މައްޗަށް އުފުލީ މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އާއި ފޭރުމުގެ ކުށުގެ ދަޢުވާ އެވެ.
ޢަބްދުލްއައްވަލް އިބްރާހީމްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވެ އެވެ. ދެން ތިބި މީހުންގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެވެ.
މި ދަޢުވާތައް ކޮށްފައިވާނީ 27 އޮކްޓޯބަރ 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، -/4,900 ޔޫރޯ އާއި، -/1,735 ޕައުންޑާއި، -/2,610 ސިންގަޕޯރ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 ޔޫއެސް ޑޮލަރާއި، -/23,778 ދިވެހި ރުފިޔާ އާއި، -/25,000 އިންޑިއަން ރުޕީސް އާއި، -/600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީ އާއި، އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.
މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.