ENGLISH

11 މާރިޗު 2026

Advertisement

ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ބިންތަކުގެ އިކުއިޒިޝަން ކޯސްޓުން ލިބުނު އާމްދަނީ 18 މިލިއަނުން 312 މިލިއަނަށް

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް

ސަރުކާރުން ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަށް ލިބުނު އާމްދަނީ ފާއިތުވި އަހަރު 18.2 މިލިއަން ރުފިޔާގައި ހުރުމަށްފަހު މި އަހަރު 312 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ފެނިއްޖެއެވެ. 

މީރާއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖަނަވަރީން ފެބްރުއަރީ މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަަށް ދޫކުރި ބިންތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބުނީ 1،190،00 (އެއް މިލިއަން އެއްލައްކަ ނުވަދިހަހާސް) ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 18،278،400 (އަށާރަ މިލިއަން ދެލައްކަ ހަތްދިހަ އަށްހާސް ހަތަރުސަތޭކަ) ރުފިޔާއެވެ. 

މި އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު ޓޫރިޒަމް ބޭނުމަށް ދޫކުރި ބިންތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 20،271،990 (ވިހި މިލިއަން ދެލައްކަ ހަތްދިހަ އެއްހާސް ނުވަސަތޭކަ ނުވަދިހަ) ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިންނަމަ 312،460،636 (ތިންސަތޭކަ ބާރަ މިލިއަން ހަތަރުލައްކަ ފަސްދޮޅަަސްހާސް ހަސަތޭކަ ތިރީސްހަ) ރުފިޔާއެވެ. 

މި ހިސާބުތަކަށް ބަލާއިރު އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ނިމުނު އަހަރުގެ ފެބްރުއަރީ މަަހުގެ ނިޔަލަށް ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އެ މުއްދަތުގައި ދައުލަށް ލިބުނު އާމްދަނީ 1614 އިންސައްތަ އިތުރެވެ. އެއީ ވަރަށް ބޮޑު އިތުރުވުމަކަށްވާއިރު، ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ބިންތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވަނީ އެ ސިނާއަތުގައި އިންވެސްޓުކުރާ ވިޔަފާރިތައް އިތުރުވުމުންނެވެ. 

2018 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގައި ރިސޯޓު ތަރައްގީކުރުމަށް ފަޅާއި ފަޅުރަށް ކުއްޔަށް ދޫކުރުމަށް އެއިރުގެ ސަރުކާރުން ހުޅުވައިލި ނަމަވެސް އިންވެސްޓަރުންގެ އިތުބާރު ނުލިބުމުގެ ސަބަބުން އެއިން ގިނަ ރަށްތައް ކުއްޔަށް ދެވިފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެ ފަސް އަހަރު އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ދަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރު 24.2 މިލިއަން ޑޮލަރު އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނެވެ. އަދި 2025 ވަނަ އަހަރު އިތުރު 12 މިލިއަން ޑޮލަރު ލިބުނެވެ. 

ކިޔުންތެރިންގެ ހިޔާލު