ENGLISH
18 ފެބްރުއަރީ 2026
ބާޒާރު މަތި ތިޔާގި ދުވަހެއް، އަގު ތައް އެއްވަރެއްގައި ހިފެހެއްޓިފައި
18 ފެބްރުއަރީ 2026
|
ދަތުރުވެރިންގެ މާރުކޭޓު؛ ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
މާރުކޭޓުގައި ދިވެހި ބާވަތްތައް ތިޔާގިވެ، އަގުތައް އެއްވަރެއްގައި ހިފެހެއްޓިއްޖެ އެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާރުކޭޓު ސަރަހައްދަށް ބަލާއިރު ދިވެހިން އާއްމުކޮށް ބޭނުންވާ ބާވަތްތައް ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހާ ދިމާކޮށް އަގު އުފުލިގެންދާ ކަނޑޫދޫ މިރުހުގެ އަގަށް ބަލާއިރު 100 ގުރާމު މިރުސް ލިބެން ހުރީ 45 ރުފިޔާ އަށެވެ.
ފަނިގިރަން ބޭނުންކުރާ އާއްމު ބާވަތްތަކުގެ އަގުތައް:
އަނބު ކިލޯއެއް: 80 ރުފިޔާ
ކަރާ ކިލޯއެއް: 20/25 ރުފިޔާ
ކުރުނބާ: 30/60 ރުފިޔާ
ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު ކުއްޅަފިލާފަތް ބޮނޑިއެއް 20 އާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރިއިރު، ލެޓިއުސް ކިލޯއެއް ހުރީ 50 ރުފިޔާއަށެވެ، އަދި ކޮޕީ ފަތް ބޮނޑިއެއް ލިބެން ހުރީ 10 ރުފިޔާ އަށެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތި ތޮއްޖެހުން ބޮޑު ނަމަވެސް ބޭރު މަގަށް ގެނެވުނު ބަދަލުތަކާއެކު ހިނގާބިނގާވެ އުޅުމަށާއި އެ ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފަ އެވެ.
އަގުތަކަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
މި ރަމަޟާން މަހު އަސާސީ ތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުމަށް ސަރުކާރުން އިސްކަންދީގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް 169 ބާވަތެއްގެ މުދާ އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ބަލާލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ވަނީ ފަހިވެފަ އެވެ.