ENGLISH

17 ފެބްރުއަރީ 2026

Advertisement

ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ފަރާތުން ރޯދަ އެހީ ފޯރުކޮށްދީފި

17 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބީއެމްއެލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ހަދިޔާކުރި ޕެކޭޖެއް

އަސާސީ ބޭނުންތައް ފުއްދުމުގައި ދަތިތައް ތަހަައްމަލުކުރާ އާއިލާތަކަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

ބީއެމްއެލްއިން މިއަދު ބުނެފައިވާ ގޮތުން މި އެހީއަކީ ރަމަޟާން މަހާ ދިމާކޮށް މިފަދަ ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދޭ އެހީއެކެވެ. މި އެހީތެރިކަން ފޯރުކޮށްދިނީ  އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އާ ގުޅިގެންނެވެ. 

އާކް އެއިޑުން ހިންގާ މި ޕްރޮގުރާމަކީ ނުކުޅެދުންތެރިަކން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި، އެކަނިވެރި މައިންނާއި، އަސާސީ ބޭނުންތައް ފުއްދުމުގައި އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީވުމުގެ މަގުސަދުގައި އެ ޖަމްއިއްޔާއިން ހިންގާ ޕްރޮގުރާމެކެވެ. 

މި ޕްރޮގުރާމަށް ބީއެމްއެލްގެ މުވައްޒަފުން ފޯރުކޮށްދިން އެހީތެރިކަމާއެކު މި އަހަރު 200 ކުދީންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ ސަތޭކައަށްވުރެ ގިނަ ޕެކޭޖު ހަދިޔާކޮށްފައވެއެވެ. 

ރަމަޟާން މަހު ނިކަމެތިންނަށް އެހީތެރިވާ އެކި ޖަމްއިއްޔާތަކަށް ބީއެމްއެލްގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ކުރިންވެސް އާކްގެ ޕްރޮގުރާމުތަކަށް ބީއެމްއެލްގެ މުވައްޒަފުން އެހީތެރިވިއިރު، ފާއިތުވި ރަމަޟާން މަަހު ބީއެމްއެލް މުވައްޒަފުން އެހީތެރިވީ މަމްސް އެއިޑަށެވެ. 

ކިޔުންތެރިންގެ ހިޔާލު