ENGLISH
17 ފެބްރުއަރީ 2026
ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި
17 ފެބްރުއަރީ 2026
|
ހޭންޑި ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކުރާ ފެނުން ޖަރާސީމެއް ފެނިފައިވޭ
އެންމެ މަޤްބޫލު
ފެން އުފައްދާ ކުންފުންޏެއް ކަމުގައިވާ ހޭންޑީ ވޯޓަރ ފުޅިތަކުން ޖަރާސީމެއް ފެނުމާ ގުޅިގެން އެ ބްރޭންޑުގެ ފެން ބޭނުންނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
މިއަދު އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ހޭންޑީ ވޯޓަރ ބޮޓްލިން ޕްލާންޓުން އުފެއްދި ހޭންޑި ވޯޓަރގެ 330 އެމްއެލް އަދި 500 އެމްއެލް އަދި އެއް ލީޓަރު ބިއްލޫރި ފެން ފުޅިތަކުން ބޯފެނުގައި ހުރެގެންނުވާނެ ޖަރާސީމެއްގެ އަސަރު ފެނިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނެފައިވަނީ އެ ފެންފުޅިތައް ތަހުލީލުކުރިއިރު އެ ފުޅިތަކުގައި ހުރި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫންކަން އެނގިފައިވާ ކަމަށެވެ.
އެއާއެކު އެ އޮތޯރިޓީންވަނީ ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް އަންގާފަައެވެ.