ENGLISH
17 ފެބްރުއަރީ 2026
ދީނަށް ފުރައްސާރަކޮށް ހަޖޫޖަމުންދާ މީހާގެ މައްސަލަ ބަލަން ފަށައިފި
17 ފެބްރުއަރީ 2026
|
ދީނަށް ފުރައްސާރަ ކުރަމުންދާ މީހާ --
އެންމެ މަޤްބޫލު
އިސްލާމް ދީނަށް ފުރައްސާރަކޮށް އެ ދީނުގެ ޝިއާރުތަކަށް ހަޖޫޖަމުންދާ މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ފުލުހަށް ހުށައަޅާފަ އެވެ. ނ. ކުޑަފަރީއަށް ނިސްބަތްވާ މެދު އުމުރުގެ މީހަކު ގެންދަނީ ޓިކްޓިކް ގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންނެވެ. އަދި ކުފުރުވާ ފަދަ ވާހަކަތައްވެސް ބިރެއް އަދި ލަދެއް ނެތި ދަނީ ފަތުރަމުންނެވެ.
އޭނާއަށް ވަހީ އަންނަ ކަމަށާ އޭނާ އަކީ ރަސޫލެއް ކަމަށް ބުނެ ވެސް ވާހަކަ ދައްކާފައިވެ އެވެ. އަދި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެ ނަބިއްޔާގެ ތާހިރު ރިސާލަތާމެދު އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.
އެތައް ބަޔަކު ދަނީ އޭނާއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އޭނާ ދީނަށް ފުރައްސާރަ ކުރަމުންދަނީ ރާއްޖެއިން ބޭރުގައި ހުރެގެންނެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް އެ ދީނުގެ ޝިއާރުތަކަށް ހަޖޫޖަހާ ވާހަކަ ދައްކާ ދިވެހީން ދޭތެރެ ދޭތެރެއިން ފާޅުވެ އެވެ. އެފަދަ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ އިންޒާރު ކޮށްފަ އެވެ.