ENGLISH

17 ފެބްރުއަރީ 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސްއިން ދިން ވަޒީފާތަކުގެ މުއްދަތު އިތުރުކޮށްފި

17 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖެއްސި ވަޒީފާތާކުގެ މުއްދަތު އިތުރުކުރުމަށް އެ ކޮމިޝަނުންވަނީ ނިންމާފައި

ނުކުޅެދުންތެރިކަން ހުރި މީހުން މުޖުތަމައުގައި ބައިވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ސިވިލް ސާވިސްއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަޖައްސައިދިން ވަޒީފާތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމައިފިއެވެ. 

ރައީސް ޑރ.މުއިއްޒު އިއުލާނުކުރައްވާފައިވާ "ހާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށްދިނުން" ޕްރޮގުރާމުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުން ވަޒީފާ ހަމަޖައްސައިދިން ފަރާތްތަކާއެކު އެއްބަސްވުން ގާއިމުކޮށްފައިވަނީ ތިން މަސް ދުވަހަށެވެ. 

އެ ކޮމިޝަނުން އާދީއްތަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ރައީސްގެ އިސްނެންގެވުމަށް ފެށި ޕްރޮގުރާމުގެ ދަށުން ވަޒީފާ ހަމަޖައްސައިދީފައިވާ ނުކުޅެދުންތެރިކަން ހުރި މީހުންނާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ނިމުމަަށް ގާތްވެފައިވާ ކަމަށެވެ. 

އެހެންކަމުން އެ ކޮމިޝަނުން ނިންމާފައިވަނީ ވަޒީފާ ހަމަޖައްސައިދިން މީހުންގެ ގާބިލުކަމަށް ބެލުމަށްފަހު އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ކަަމުގައިވެސް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ނިންމާފައިވަނީ އެ މީހުންނާއެކު ހެދި އެއްބަސްވުން އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމަށެވެ. 

ރައީސްގެ އިސްނެންގެވުމަށް އާއިލީ އަދި އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ސިވިލް ސާވިސް ކޮމިޝަނުގެ އިތުރަށް ދައުލަތުގެ ކުންފުނިތައްވެސް ބައިވެރިވެއެވެ. އަދި އެ ކުންފުނިތަކުންވެސް ދައުލަތުގެ ވަޒީފާ ހަމަޖައްސައިދީފައިވެއެވެ. 

ސިވިސްލ ސާވިސް ކޮމިޝަނުން އެކި ދާއިރާތަކުން ސަތޭކަ އެއްހައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދީފައިވާއިރު، އެއިން ގިނަ އަދަދެއްގެ މީހުންގެ ވަޒީފާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވެއެވެ. 

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 މީހަކަށް ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދެވިފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު