ENGLISH
17 ފެބްރުއަރީ 2026
ފަލަކީ ހިސާބުން ފެންނަ ގޮތުން މާދައަކީ މުލަ ރޯދަ ދުވަސް: ރައީސް މައުމޫން
17 ފެބްރުއަރީ 2026
|
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމު
އެންމެ މަޤްބޫލު
ފަލަކީ ހިސާބުތަކުން ފެންނަ ގޮތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބްރުއަރީއަށްވާ ބުދަދުވަސްކަމަށް ފަލަކީ ހިސާބު އިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިފަދައިން ވިދާޅުވެފައިވާއިރު ބައެއް އިސްލާމީ ގައުމުތަކަށް މިރޭ ހަނދު ނުފެންނާނެކަމަށް ފަލަކީ ހިސާބުގެ އަލީގައި ބެލެވޭތީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ވަނައަށްވާ ބުރާސްފަތި ދުވަސްކަމަށް އެ ގައުމުތަކުގެ ފަލަކީ ހިސާބާ ބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
ފަލަކީ ހިސާބުގެ އިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ރާއްޖޭގެ ވަރަށް ބޮޑު ސަރަހައްދަކަށް މިއަދު ހަނދު ނުފެނުނު ނަަމަވެސް ދެކުނުގެ އަތޮޅުތަކަށް އިރުއޮއްސުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ހަނދު ފެންނާނެ ކަމުގައި ބެލެވޭތީ ރޯދަމަހުގެ އެއްވަނަ ދުވަހަަކަށްވާނީ ބުދަދުވަސްކަމަށް ލަފާކުރެވެއެވެ.
ރައީސް މައުމޫނު ވިދާޅުވި ގޮތުގައި ފަލަކީ ހިސާބުތަކުން މާދަމާ ނުވަތަ ބުދަދުވަހަކީ ރޯދަމަހުގެ އެއްވަނަ ދުވަސްކަން ޔަގީންވެއެވެ. އެކަން ހާމަކުރެއްވުމާއެކު ރައީސް މައުމޫނުވަނީ ދުނިޔެގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
މިރޭ 21:00 ގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ހަނދާ ބެހޭ ގޮތުން ގޮތް ނިންމާ ކޮމިޓީގެ ބައްދަލުވުން ބާއްވާނެއެވެ. ރާއްޖެއިން ހަނދާމެދު ގޮތެއް ނިންމަނީ ފަލަކީ ހިސާބަށް ބެލުމާއެކު، ބޮޑެތި އިސްލާމީ ގައުމުތަކުން ހަނދު ސާބިތުކުރުމުގައި އަމަލުކުރާ ގޮތަށްވެސް ރިއާޔަތްކޮށްގެންނެވެ.