ENGLISH
16 ފެބްރުއަރީ 2026
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް
16 ފެބްރުއަރީ 2026
|
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދިނުން
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ކުޅިވަރު ތަރައްގީ ކުރުމަށް ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެބެންކަށް ޚާއްސަ އެވޯޑެއް ދީފި އެވެ.
ބޭންކަށް މި އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑްރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސްއެވޯޑްސްގައެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެލެއްވީ ސީއީއޯ އެންޑްމެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތްބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރެއެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގއެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނަރޝިޕްތަކުގެދަށުން އެ އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލްސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދެއެވެ. އެގޮތުން މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ތަމްރީނު ހޯދުމުގެފުރުސަތު ދީފައި ވެއެވެ.
މީގެ އިތުރުން ބެންކުން މިހާރުވެސް ވަނީ ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށްއެމްބީއޭ އާއެކު އެއްބަސްވެފައެވެ. ގައުމީ ބޭންކު، ބީއެމްލް އިން އަނެއްކާވެސް ގައުމީފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރގެ ގޮތުގައި 2017 އިން ފެށިގެންބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށްވެސް އެހީތެރިވަމުންނެވެ.