ENGLISH
05 ފެބްރުއަރީ 2026
ފައިނު ކައުންސިލްގެ އަންހެނުންގެ ގޮނޑި ކޮންގްރެސްއަށް
04 ފެބްރުއަރީ 2026
|
އިންތިޚާބުވި ކެންޑިޑޭޓު -- ފޮޓޯ: ފައިނު އޮންލައިން
އެންމެ މަޤްބޫލު
ރ. ފައިނު ކައުންސިލުގައި އަންހެނުންނަށް ޚާއްސަ ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް ކަށަވަރު ވެއްޖެ އެވެ.
ފައިނު ކައުންސިލަށް ތިން މެންބަރުން އިންތިޚާބު ކުރާނެ އެވެ. އެއީ ކައުންސިލްގެ ރައީސާއި އަންހެން މެންބަރާއި އިތުރު މެންބަރެކެވެ. ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ކުރިމަތިލީ ކޮންގްރެސްގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓެކެވެ.
ނަމަވެސް އަމިއްލަ ގޮތުން ވާދަކުރަން ހުށައެޅި ކެންޑިޑޭޓް ނަން ވަނީ ނަގާފަ އެވެ. އެހެން ކަމުން ކޮންގްރެސްގެ ކެންޑިޑޭޓް އާމިނަތު ސިޒްނާއަށް ވަނީ ގޮނޑި ކަށަވަރުވެފަ އެވެ.
އިންތިޚާބުގެ ކުރީން 11 ގޮނޑިއެއް ކޮންގްރެސްއަށް ވަނީ ކަށަވަރުވެފަ އެވެ.