ENGLISH

20 ޖެނުއަރީ 2026

Advertisement

ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު އަވަހާރަވެއްޖެ

20 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ކުރީގެ ޗީފް ކޮމިޝަނަރު

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް ކޮމިޝަނަރު މުހައްމަދު ޚާލިދު (ބެން ޚާލިދު) އަވަހާރަވެއްޖެ އެވެ.

އުމުރުން 65 ގައި ޚާލިދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ޚާލިދު އަވަހާރަވުމާއި ގުޅިގެން ސްކައުޓް އެސޯސިއޭޝަންގެ އިސްވެރީންނާއި ސްކައުޓްގެ ޚިދުމަތްތެރީން ވަނީ ތައުޒިޔާ ކިޔާފަ އެވެ.

ޗީފް ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ވެސް އަދި ސްކައުޓް ލީޑަރެއްގެ ގޮތުގައި ވެސް ޚާލިދު ވަނީ ސްކައުޓަށް ގިނަ ޚިދުމަތްތަކެއް ކޮށް ދެއްވާފަ އެވެ.

ޚާލިދުގެ ޖަނާޒާ މެންދުރު ނަމާދަށް ފަހު އާސަހަރާ ގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު