ENGLISH

08 މޭ 2026

Advertisement

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި

07 މޭ 2026

|

ފާތުމަތު އަދާ

ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖާކިރް ހައުލެޑާރ /ފޮޓޯ:ޕޮލިސް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މީޑިއާގައި މިއަދު ހިއްސާކުރި ޕޯސްޓުގައި ބުނީ މިއަދު ހައްޔަރުކުރި އެކަކީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޖާކިރް ހައުލެޑާރ (45އ) އެވެ. އޭނާ ހައްޔަރުކުރީ ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިންނެވެ.

ފުލުހުން ބުނިގޮތުގައި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ޖާކިރް ހައުލެޑާރ ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި މެއި މަހުގެ 5 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ހަ ފުޅި ފެނިފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ / ދުބުރިމާގެ، އަޙްމަދު ޒާހިމް (29އ) އެވެ. ގދ.ނަޑެއްލާއިން އޭނާ ހައްޔަރުކުރީ މެއި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ ނަޑެއްލާ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅަކާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި 2 މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު