ENGLISH

27 ޑިސެމްބަރު 2025

Advertisement

ހުޅުމާލެ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން "ރީޑިން ނުކް" އެއް ހުޅުވައިފި

27 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ހުޅުމާލެ ހިޔާ ޕާކުގައި ހުޅުވި ރީޑިން ނުކްގައި ކުޑަކުދިންތަކެއް ފޮތްތަކެއް ހިފައިގެން. ފޮޓޯ: ވޮއިސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ޚާއްޞަކޮށްގެން "ރީޑިން ނުކް" އެއް އިއްޔެ ހުޅުވައިފިއެވެ. 

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ރީޑިން ނުކްގައި ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންވާ ފޮތް ވެސް ހުންނާނެ ކަމަށެވެ. އެގޮތުން ދިވެހި އަދި އިނގިރޭސި ފޮތް އެތަނުން ލިބެއެވެ.. 

އެޗްޑީސީއިން އާއްމުކުރި ބަޔާނުގައި ބުނީ، ރީޑިން ނުކް ހުޅުވުމާއެކު ހިޔާ ޕާކަށް ނުވަތަ އެސަރަޙައްދަށް ޒިޔާރަތްކުރާ މީހުންނަށް އެސަރަޙައްދުގައި ތިބެގެން ފޮތް ކިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

ރީޑިން ނުކް އިން ފޮތް ނެގުމަށް ފަހު އެސަރަޙައްދުގެ ކޮންމެ ތަނެއްގައި ވެސް އެ ފޮތް ކިޔޭނެއެވެ. އެކަމަކު ސަރަޙައްދު ދޫކޮށް ދިއުމުގެ ކުރިން އެ ފޮތް އަނބުރާ ޙަވާލުކުރަންޖެހޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ކޮންމެ ދުވަހަކު ވެސް ރީޑިން ނުކް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ. 

އެޗްޑީސީން އިން ބުނީ އެތަނުގައި 1 އަހަރުން ފެށިގެން 10 އަހަރުގެ ކުދިންނަށް ޚާއްޞަ ފޮތްތައް ވެސް ހުންނާނެ ކަމަށެވެ. އަދި، ދިވެހި ބަސް ދަސްކުރާ ފޮތްތަކާއި ކެއްކުމާއި ލައިފްސްޓައިލްގެ ފޮތްތައް ވެސް ހުންނާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. 

ހުޅުމާލެ ހިޔާ ޓަވަރުތައް ހުންނަ ސަރަޙައްދުގައި އެތައް ހާސް ބަޔަކު އަންނަނީ ދިރިއުޅެމުންނެވެ. އެ ސަރަޙައްދުގައި ހިތްފަސޭހަކަމާ އެކު ތިބެލެވޭ ގޮތަށް ތަންތަން ތަރައްޤީކުރުމުގެ އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ. އެޗްޑީސީއިން ބުނީ އަލަށް ހުޅުވި ރީޑިން ނުކްގެ ސަބަބުން ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް ދުޅަހެޔޮކަން ރަނގަޅުކުރެވިގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު