ENGLISH

24 ޑިސެމްބަރު 2025

Advertisement

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފި

24 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވޭޕް ނައްތާލުން--ފޮޓޯ: ޕޮލިސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ވޭޕް ނައްތާލައިފި އެވެ.

ފުލުހުން ބުނީ މިއަދު ނައްތާލާފައިވަނީ، ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕްއާ ގުޅުންހުރި ތަކެތި ކަމަށެެވެ. ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ ހަތަރު ޝީޝާޕަފް، އެއް ވޭޕް، 442 ފްލެވާޑް ކާޓްރިޖް، ތިން ނެނޯސްޓިކް އަދި އެއް ކާޓޫނު ސިނގިރެޓް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެއްޗާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ފަދަ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމައަކީ އަމާން ރައްކާތެރިތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރި ފަހުން 73،000 އަށް ވުރެ ގިނަ ވޭޕް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް އެ އިދާރާއިންވަނީ ބުނެފަ އެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު