ENGLISH
22 ޑިސެމްބަރު 2025
ވީއައިއޭ ޓާމިނަލް އެކަކުން 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފި
22 ޑިސެމްބަރު 2025
|
ޓާމިނަލް އެކަކުން ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ --
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް -- ޓާމިނަލް އެކަކުން 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފި އެވެ.
މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައި އާ ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ޓާމިނަލް އެކަކުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 508,008 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އެއީ ރާއްޖެއިން ފުރި 252,340 ފަސިންޖަރުންނާއި ރާއްޖެ އައި 255,668 ފަސިންޖަރުންނެވެ.
އޭގެ އިތުރުން 21 ޑިސެންބަރަކީ ޓާމިނަލް އެކަކުން އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިން ދުވަސް ކަން ވެސް އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފަ އެވެ. އިއްޔެ އެކަނި ވެސް 19,551 ފަސިންޖަރަކަށް ވަނީ ޚިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 8,681 ފަސިންޖަރަކާއި ރާއްޖެ އައި 10,870 ފަސިންޖަރުންނެވެ.
ޓާމިނަލް އެކަކުން މިހާތަނަށް 37 އެއާލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ.