ENGLISH

18 ޑިސެމްބަރު 2025

Advertisement

މި އަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް ހަތް ޖަމިއްޔާއަކަށް ދީފި

17 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މި އަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ހަފްލާ --

ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް ހަތް ޖަމިއްޔާ އަކަށް މިރޭ ދީފި އެވެ. 

މިކަމަށްޓަކައި ޔޫތު ހަބްގައި މިރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ މި ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދެވެ. މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ އިން ދީފައިވަނީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫ އަށެވެ. 

އަދި ހާއްސައެހީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ދީފައި ވަނީ ކެއާ ސޮސައިޓީ އަށެވެ. 

ތައުލީމީ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ލިބިފައިވަނީ ތުޅާދޫ ސިލްވާ ޝައިން ކުލަބަށެވެ. ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީހީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީ އެވެ. ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ކްލީން މޯލްޑިވްސް އެވެ.

ސިއްހީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމައުއަކަށް މަސައްކަތް ކުރުން މި ދައިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު ލިބުނީ އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. 

މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ގިރިންދާ އެވެ. 

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މިރޭ ހަތް ޖަމިއްޔާއަކަށް ލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު ވަޒަން ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު