ENGLISH
17 ޑިސެމްބަރު 2025
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ދެ ރަށެއްގައި "އުފާވެރި ރާސްތާ" ޕްރޮގްރާމް ބާއްވައިފި
15 ޑިސެމްބަރު 2025
|
"ެުއުފާވެރި ރާސްތާ" ޕްރޮގްރާމްގެ ތެރެއިން--އިޖުތިމާޢީ ވުޒާރާ
އިސްރަށްވެހިންނަށް އަމާޒުކޮށްގެން އއ. ހިމަންދޫ އަދި ތޮއްޑޫގައި "އުފާވެރި ރާސްތާ" ޕްރޮގްރާމް ބާއްވާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުން ކަމަށާއި، އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
އިސްރަށްވެހިން އުފާވެރި ރާސްތާ ޕްރޮގްރާމްގައި ބައިވެރިވެ މައުލޫމާތު ހިއްސާކުރުން--ފޮޓޯ:އިޖުތިމާއީ ވުޒާރާ
ވުޒާރައިން އިތުރަށް ބުނީ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
އިސްރަށްވެހިންނަކީ ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ވުޒާރާގެ ފަރާތުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.