ENGLISH
17 ޑިސެމްބަރު 2025
ކޫއްޑޫ ބަނދަރުގެ ކީ ވޯލް ހަރުކުރުމުގެ މަސައްކަތް ކުރިއަށް
15 ޑިސެމްބަރު 2025
|
ކޫއްޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ
ގއ. ކޫއްޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ކީ ވޯލްގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ކީ ވޯލްގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 58 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކޫއްޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 78.37 މިލިއަން ރުފިޔާއަށެވެ.
ކޫއްޑޫއަކީ ދެކުނުގައި ސިނާޢީގޮތުން އެންމެ މުހިއްމު އެއް ރަށެވެ. ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިން ބާނާ މަސްކިރުވައި، މަސް ޕްރޮސެސްކުރާ މިފްކޯގެ ފެކްޓަރީ ހުންނަނީ ކޫއްޑޫގަ އެވެ.
ކޫއްޑޫގެ ބަނދަރު ނިމުމާއެކު ދެކުނުގެ މަސްވެރިންނަށް މަސްކިރުމުގައާއި، އެހެނިހެން ހިދުމަތްތައް ފަސޭހަކަމާއެކު ގާތުން ލިބުމުގެ މަގު ފަހިވެގެންދާނެ އެވެ.