ENGLISH
17 ޑިސެމްބަރު 2025
ގެމަނަފުށީ ފުލުހުންގެ އިދާރާގެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް
15 ޑިސެމްބަރު 2025
|
ގެމަނަފުށީ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އާރުޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ގއ. ގެމަނަފުށީގައި އިމާރާތްކުރާ ފުލުހުންގެ އިމާރާތުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމަށް ކޮނުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އާރުޑީސީން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގަ އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ސަރުކާރުން އަންނަނީ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް އަމަންއަމާންކަމާއި، ސުލްޙަ މަސަލަސްކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމެވެ.
އާރުޑީސީން އަންނަނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ.