ENGLISH
27 ނޮވެމްބަރު 2025
"އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު" އަންނަ މަހު ފަށަނީ
27 ނޮވެމްބަރު 2025
|
ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ "އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު" އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައެވެ.
އަންނަ މަހުގެ 1 އިން 23 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.
މުޅިއެކު ހަ ޓީމު ބައިވެރިވެފައިވާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފީފާގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް ލީގު އުސޫލުންނެވެ.
މުބާރާތުގައި ވާދަކުރަނީ، އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.
އަންހެން ކުޅުންތެރިންނަށް ހާއްސަކޮށް އެފްއޭއެމުން އެންމެ ފަހުން މުބާރާތެއް ބޭއްވީ 2014 ގައެވެ.