ENGLISH
08 ޑިސެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ޒުވާނުންގެ ވެހި ހުޅުއްވައިދެއްވުން
20 ނޮވެމްބަރު 2025
|
"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި އަދުގެ ސަރުކާރުން މާލޭގައި ތަރައްޤީކުރެއްވި ފުރަތަމަ "ޒުވާނުންގެ ވެހި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި. ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްޤީކުރައްވައި ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ އެކަމަށް ޚާއްޞަކުރައްވައިގެން މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގަ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތް. ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުޞަތުތަކެއް ޒުވާނުންގެ ވެހިން ލިބެން ހުންނާނެ. އެގޮތުން ކުރެހުންތެރިންނަށް ޚާއްޞަ ސަރަޙައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން، ޚާއްޞަ އިސްކަމެއްދެއްވައިގެން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު"ގެ ޚިދުމަތްތައް ފާހަގަކުރެވޭ. މީގެ އިތުރުންވެސް ޒުވާނުންނާ ގުޅުންހުރި ގިނަ ޚިދުމަތްތަކަކާއި ފުރުޞަތުތަކެއް، މި މަރުކަޒުން ލިބެން ހުންނާނެ.