ENGLISH

20 ޖުލައި 2025

Advertisement

ސީ ޕްލޭން ޕްލެޓުފޯމެއް އޮޔާދަނީ، ސަމާލުވުމަށް އިލްތިމާސްކޮށްފި

19 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މޫސުން ގޯސް ދުވަހެއްގައި ކޯސްޓުގާޑުގެ އުޅަނދެއް ދަތުރުކުރަނީ، ފޮޓޯ: އެމްއެެންޑީއެފް

ރ.އަތޮޅުގައި އޮތް ރިސޯޓެއްގެ ސީ ޕްލޭން ޕްލެޓުފޯމު ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފިއެވެ. 

އެމްއެންޑީއެފުން ބުނެފަައިވާ ގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ކަނޑައިގެން ގޮސް އޮޔާދާ ޕްލެޓުފޯމަކީ ރ.މާމުނަގާ ރިސޯޓު ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓުފޯމެކެވެ. 

ސިފައިން ބުނި ގޮތުގައި އެ ޕްލެޓްފޯމު އޮޔާދަނީ ކާށިދޫ ކަނޑުތެރެއަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފައިވެއެވެ. 

ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ. 

މިދުވަސްވަރު މޫސުން ގޯސްވެ ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންނަނީ އިލްތިމާސްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު