ENGLISH
10 ޖޫން 2026
ޒަމީރު ދެއްވި ޔަގީންކަން؛ މިހުރީ ގަދަކޮށް ރައީސް ޑރ. މުޢިއްޒާއެކު، ޕާޓީގެ ހިދުމަތުގައި
09 ޖޫން 2026
|
ވަަޒީރު މޫސާ ޒަމީރު
އެންމެ މަޤްބޫލު
މާލީ ވަޒީރުކަމުން އިސްތިއުފާދެއްވި ނަމަަވެސް މިއަދުވެސް އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ހިދުމަތުގައިކަމަށް ކުރީގެ މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މަގާމުން އިސްތިއުފާދެއްވިފަހުން އާއްމު ތަނެއްގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޕީއެންސީން މިރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ޒަމީރު ވިދާޅުވީ މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށެވެ. ސަބަބެއްކަމަށް ޒަމީރު ވިދާޅުވީ އައު ޒުވާން ބޭފުޅުންނަށް ޕާޓީގެ ކަންކަމުގައި އުޅުއްވުމުގެ ފުރުސަތު ދެއްވަން ބޭނުންފުޅުވުމެވެ.
ޒަމީރު ވިދާޅުވީ ރާއްޖޭގައި މިއޮތީ މައިގަނޑު ދެފިކުރުކަަމަށާއި، ޕާޓީތަކާއި ލީޑަރުން ބަދަލުވި ނަމަވެސް އެ ފިކުރަކީ އެއް ފިކުރެއްކަަމަށެވެ. އަބަދުވެސް ދެމިހުންނެވީ އަދި ކުރިއަށް އޮތް ތަނުގައިވެސް ދެމިހުންނަވާނީ މިއަދު ރައީސް ޑރ.މުޢިއްޒާއި ޕީއެންސީ ތަމްސީލުކުރާ ގައުމީ ވަތަނީ ފިކުރުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.
އެފިކުރަށް އެކި ލީޑަރުންގެ ޒައާމަތުގައި އެކި މިންވަރުގެ ކުރިއެރުން ލިބުނު ނަމަވެސް ރައީސް ޑރ.މުއިއްޒުގެ ލީޑާޝިޕުގައި ލިބުނު ކާމިޔާބުތަކަަކީ ފާހަގަކުރަންޖެހޭ ކަންތައްތަކެއްކަމަށް ވިދާޅުވެ، ޒަމީރު ފާހަގަކުރެއްވީ މީގެ ކުރިން ހުރިހާ ލީޑަރުންވެސް ގެންގުޅުއްވީ އެހެން ގައުމެއް ފަަސްްޓު ނުވަތަ އެންމެ ކުރިއަށްނެރޭ ސިޔާސަތެއް ކަމަށެވެ. ނަމަވެސް މިހާރު ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި އެންމެ ކުރިއަށް ރާއްޖެ ނެރުއްވައި މޯލްޑިވްސް ފަސްޓް ޕޮލިސީއެއް ތަަންފީޒުކުރައްވަން ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑު މިހުރީ އެފިކުރުގައޭ. އިސްލާމްދީނަށް ހޯދައިދެއްވާ ކުރިއެރުމާއި، ގައުމިއްޔަތަށް ހޯދައިދެއްވާ ކުރިއެރުމާއި، އަދި ރައްޔިތުންގެ ކެރިފޯރުންތެރިކަމަށް ހޯދައިދެއްވައި ކުރިއެރުންތައް ފާހަގަކޮށް އެމަނިކުފާނާ އެކުގައޭ މިހުރީ،" ޒަމީރު ވިދާޅުވިއެވެ.
މަަގާމު ދޫކުރެއްވި ސަބަބު ބަޔާންކުރައްވަމުން ޒަމީރު ވިދާޅުވީ ފާއިތުވި 12 މަހެއްހައި ދުވަހަކީ ހަނގުރާމައިގެ ވަގުތެއް ކަމަށާއި، މާލީ ވަޒީރު ކޮންމެ ދުވަހަކު ކުރައްވަަންޖެހޭ ކަމަކީ ބޮޑެތި މަސައްކަތްތަކެއްކަމަށާއި، ސިއްހީ ހާލަތު ތަންދޭ ގޮތުން އެޒިންމާ އަދާނުކުރެއްވޭ ފަދަ ސިއްހީ ހާލަަތެއް އޮތުމުން އެއްފަރާތަށް ޖެހިވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާތީ ކަމަަށެވެ.
"މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސާރުކޮށްގެން އަޅުގަނޑަށް ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަަކަށް ސިއްހީ ހާލަތު ހުރި ގޮތުން ދާންޖެހޭއިރުވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާނަކަށްނުވާނެ ދެއްތޯ؟،" ޒަމީރު ވިދާޅުވިއެވެ.
ގަދަކޮށް ރައީސް ޑރ.މުޢިއްޒާއެކު ހުންނެވިކަމަށާއި ޕާޓީއާއި ފިކުރު ކުރިއެރުވުމަށްޓަކައި ރައީސްް ހަވާލުކުރައްވާ ކޮންމެ ޒިންމާއެއް އަދާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ޕާޓީގެ އާއްމު މެންބަރުންނަށް ޒަމީރު ދެއްވިއެވެ.