ENGLISH
10 ޖޫން 2026
މިފްކޯއަށް މަސްކިރުވި 25 ދޯންޏަކަށް މިއަދު ދެ ލައްކަ ރުފިޔާ ދޫކޮށްފި
09 ޖޫން 2026
|
ދިވެހި މަސްވެރިން މަސްބޭނުމުގައި-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މި މަހު 7 ވަނަ ދުވަހު ކިރުވި މަހަށް މިފްކޯއިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިއަދު ދޫކޮށްފިއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 25 އުޅަނދަކަށް 393،205.50 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 7 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާއެވެ.
މިފްކޯއިން ބުނީ 7 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 20 ދޯންޏަކަށް 267،390.50 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 11 ދޯންޏަކަށް 21،840 ރުފިޔާ ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 15 ދޯންޏަކަށް ޖަމާކޮށްފައިވަނީ 103،975 ރުފިޔާއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.