ENGLISH

09 ޖޫން 2026

Advertisement

ރައީސާއި ގުޅޭގޮތުން ޝަމްޢާން ދެއްކީ ދޮގު ވާހަކަތަކެއް: ތަރުޖަމާން

09 ޖޫން 2026

|

އަޙުމަދު ޙަމީދު

ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ދޮގު ކުރައްވައިފި އެވެ.

ތަރުޖަމާން މިކަން ދޮގުކުރެއްވީ، މިއަދު އޮތް ހުކުމްކުރުމުގެ މަޖިލީހަށް ވަނުމުގެ ކުރީން ސަރުކާރާއި ދެކޮޅަށް މައުލޫމާތު ފަތުރާ ޓީވީތަކާއި ނޫސްތަކަށް ދައުވަތު ދީގެން ޝައްމާން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް ވާހަކަތަކެއް ދެއްކުމާއި ގުޅިގެންނެވެ.

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ފޭރުމާއި ކޯޓާ ވިއްކުމުގެ ތުހުމަތު ޝަމްއާންގެ މައްޗަށް އޮތް ނަމަވެސް އޭނާ ވަނީ އެއީ ދޮގެއް ކަމުގައި ވިދާޅުވެ އެ ތުހުމަތުތައް ހޯމް މިނިސްޓަރު އަލީ އިހްސާނަށް ކުރައްވާފަ އެވެ. އަދި އެކަންކަން ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށާ ރައީސް މުޢިއްޒު، އިޙްސާން ދިފާއު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވަނީ ޝަމްއާން ވަހީދު، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ވިދާޅުވެފަ އެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު