ENGLISH
09 ޖޫން 2026
ސޯލިޙް ވިދާޅުވީ މައްސަލަ ޖެހުނީ ނަޝީދު ބޮޑުވަޒީރަކަށް ވުމުގެ ހުވަފެން ހަޤީޤަތަކަށް ނުވުމުން ކަމަށް
09 ޖޫން 2026
|
ރައީސް ނަޝީދު އަދި ރައީސް ސޯލިހް
އެންމެ މަޤްބޫލު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅުން ގޯސްވެ މައްސަލަ ޖެހުނީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނަޝީދު ބޭނުންފުޅުވާ ގޮތަށް އަމަލުނުކުރެއްވުމުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިންގައި އައްޑޫ ސިޓީއަށް ވަޑައިގެން މަރަދޫގައި އިއްޔެ ހަވީރު ބޭއްވި ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ސޯލިހް ވަނީ ކުރީ ސަރުކާރުގައި ނަޝީދާއި ގުޅުން ގޯސްވި ސަބަބުތައް ސާފުކޮށް ދެއްވާފަ އެެވެ.
ސޯލިހް ވިދާޅުވީ ނަޝީދުގެ އޮތީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލާ ބޮޑުވަޒީރަކަށް ވުމުގެ ހުވަފެން ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ އަހަރު އެކަމަށް ޑިމާންޑް ކުރަން ފެށި ކަމުގައި ވިދާޅުވި އެވެ. އެކަން ނުވުމުން ދެން ވެސް ބޭނުންވީ 2023 ވަނަ އަހަރުގެ ފަހުން ވެސް އެކަން ކުރުމަށް ކަމުގައި ވިދާޅުވި އެވެ.
"ތިމަންނާ ބޭނުމޭ 2023 ގެ އިންތިހާބުގެ ކުރީން ރެފަރެންޑަމަކަށް ދާން. އަނެއްކާ ވެސް އެއްކަހަލަ ވާހަކަ, ގޮސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ތިމަންނަ ބޮޑުވަޒީރެއްގެ ގޮތުގައި ސަރުކާރު ހިންގުމަށް ހަވާލުވާން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން ތިބީ ބަރުލަމާނީ ނިޒާމަކަށް ދާން ބޭނުންވެގެން ނޫން ކަމަށެވެ. އޭރު ކުރި ދިރާސާއިން ރައްޔިތުންގެ 20 ނުވަތަ 25 އިންސައްތައަށް ވުރެ މަތީން އެ ނިޒާމަށް ތާއީދު ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ދެ ރައީސް ކަމަށްވާ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން އަލުން ގޯސްވެ ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ކުރި ހޯދުމުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. މި އިންތިޚާބުގައި ނަޝީދު ވާދަކުރާއިރު ރައީސް ސޯލިހްގެ ތާއީދު އޮތީ މީކާއީލަށެވެ.