ENGLISH

09 ޖޫން 2026

Advertisement

ފިލިޕީންސްއަށް އައި ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ފިލިޕީންސްއަށް އެރި ބިންހެލުމުގައި ލިބުނު ގެއްލުންތަކާ ގުޅިގެން އެގައުމުގެ ރައީސް ފާޑިނަންޑް ރޮމުއަލްޑޭޒް މާކޮސް ޖޫނިއާއަށް ތައުޒިޔައިގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. 

ހިނގަމުންދާ ޖޫން މަހުގެ އަށްވަނަ ދުވަހު ފިލިޕީންސްގެ މިންޑަނާއޯއަށް އައި ބިންހެލުމަކީ ރެކްޓާ މިންގަނޑު 7.8 މެގްނިޓޫޑްގެ ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުމުގައި މަދުވެގެން 37 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނުކަމަށް ބައިނަލްއަގުވާމީ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. 

މި ކާރިސާއާ ގުޅިގެން ރައީސް މޯކޮސް ޖޫނިއާއަށް ފޮނުއްވި މެސެޖުގައި ރައީސްވަނީ ބިންހެލުމުގެ ހަބަރާއެކު ލިބިވަޑައިގަތީ ފުން ހިތާމައެއްކަން ހިއްސާކުރައްވާފައެވެ. އަދި މި ބިންހެލުމުގައި ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލުމާއެކު އެތައް ބަޔަކަށް ގިނަގުނަ އަނިޔާތައް ލިބުނުކަން ފާހަގަކުރެއްވިއެވެ. 

ރައީސްވަނީ ދިވެހި ސަރުކާރާއި ރައްޔިތންގެ ނަމުގައި ރައީސް މާކޮސްއާއި ފިލިޕީންސްގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކަށް އޮތް ހަމްދަރުދީވެސް އެމަަނިިކުފާނު ހިއްސާކުރެއްވިއެވެ. 

އަދި ރައީސްގެ މެސެޖު ނިންމަވައިލައްވަމުން، މިހާރު ފިލިޕީންސް ސަރުކާރުން ކުރިއަށްގެންދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ކާމިޔާބަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު