ENGLISH

09 ޖޫން 2026

Advertisement

ސީ-ޓު-އެއާ މެދުވެރިކޮށް މިދިޔަ މަހު 162 ޓަނުގެ މުދާ ފޮނުވައިފި

09 ޖޫން 2026

|

އައިމިނަތު ޝަފާ

ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ދެނީ

ސީ-ޓު-އެއާ ކާގޯގެ ހިދުމަތް މެދުވެރިކޮށް މިދިޔަ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މޭ މަހު ރާއްޖެއިން ވަނީ ފަސް އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ ހަތް ގައުމަކަށް މުދާ ފޮނުވާފައެވެ. އެއީ، މުޅި ޖުމްލަ 162 ޓަނުގެ މުދަލެވެ. މިއީ 29 ކޮންޓެއިނަރުގެ މުދަލެވެ.

މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއާލައިންތައް:

- ގަތަރު އެއާވޭސް

- އިއްތިހާދު އެއާވޭސް

- ސައުދިއާ

- ސްވިޒް އެއާ

- ޓާކިޝް އެއާލައިން

މި ހިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ. 

މި ހިދުމަތުގެ ސަބަބުން ސަރަހައްދީ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު