ENGLISH

09 ޖޫން 2026

Advertisement

މެއި މަހު ޕީޖީ އޮފީހުން 263 ދައުވާ ކޯޓަށް ހުށަހެޅި

09 ޖޫން 2026

|

އައިމިނަތު ޝަފާ

ޕީޖީ އޮފީސް

ހުސްވި މެއި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން 263 ދައުވާ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތަލަށް ބަލާއިރު ނިމިދިޔަ މެއިމަހުގެ ތެރޭގައި އެ އޮފީހަށް 143 މައްސަލައެއް ބަލައިގެންފައިވެއެވެ. 

މެއި މަހުގެ ނިޔަލަށް އެ އޮފީހުގެ ވަކީލުން ހާޒިރުވެފައިވަނީ 1150 އަޑުއެހުންތަކަށެވެ. މިދިޔަ އޭޕްރިލް މަހުގެ އެ އޮފީހުގެ ވަކީލުން ޖުމްލަ 2،710 އަޑުއެހުމަކަށް ހާޒިރުވިއެވެ. އެހެންކަމުން މިއީ އޭޕްރީލްމަހާއި އަޅާބަލާއިރު ދަށް އަދަދެކެވެ. 

އެކި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް 447 ފަހަރެއްގެ މަތިން ގާނޫނީ ލަފާދީފައިވާއިރު އެކި ކުށްކުށުގައި ޖުމްލަ 263 މައްސަލައެއްގެ ދައުވާ ކޯޓުތަކަށް ހުށަހަޅާފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާތައް އުފުލުމާއި، ތަހުގީގީ އިދާރާތަކަށް ގާނޫނީ އިރުޝާދު ދިނުމުގެ އެންމެ އިސް މުއައްސަސާއެވެ. 

ކިޔުންތެރިންގެ ހިޔާލު