ENGLISH

09 ޖޫން 2026

Advertisement

އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

09 ޖޫން 2026

|

އާމިނަތު ނުޒްލާ

އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

އއ. އުކުޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މިހާރު ކުރިއަށްދަނީ ބަނދަރުގެ ސޭންޑްފިލް ބްރޭކްވޯޓާ ޕްރޮފައިލިން މަސައްކަތްތައް ކަމަށެވެ.

އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން 4،954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބޮޑު ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 484 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 264 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1،640 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއަކީ 40.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު