ENGLISH

09 ޖޫން 2026

Advertisement

ހުސްވި ހަފްތާގައިވެސް ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދި

09 ޖޫން 2026

|

އައިމިނަތު ޝަފާ

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 258,356 ރުފިޔާ ގެއްލުނު، އޭގެ ތެރެއިން ހޯދުނީ 150,693 ރުފިޔާ.

ހުސްވި ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް  ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގަ ސްކޭމްގެ 33 މައްސަލަ ރިޕޯޓު ކޮށްފައިވެ އެވެ.

މި މައްސަލަތަކުގައި 258,356 ރުފިޔާ ގެއްލުނެވެ. އޭގެތެރެއިން ހޯދިފައިވަނީ 150,693 ރުފިޔާއެވެ. 

މިދިޔަ ހަފްތާގައިވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް)ގެ މައްސަލަތަކެވެ. އެބާވަތުގެ 19 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. 

ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް: 

އީ-ކޮމާސް: 19 މައްސަލަ

ފައިސާ މާރުކުރުމުގެ މައްސަލަތައް: 4 މައްސަލަ

އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 3 މައްސަލަ

އެހެނިހެން: 7 މައްސަލަ

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު