ENGLISH
09 ޖޫން 2026
ކެނދިކުޅުދޫ ފުލުހުންގެ މަރުކަޒުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވެއްޖެ
09 ޖޫން 2026
|
ކެނދިކުޅުދޫ ފުލުހުންގެ މަރުކަޒުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ނ.ކެނދިކުޅުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު އެޅުމަށް ބޭނުންވާ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، ފައުންޑޭޝަން ފޫޓިންގްތަކަށް ބޭނުންވާ ކޮނުމުގެ މަސައްކަތާއި ދަގަނޑު ބެންޑުކުރުމުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށެވެ. އަދި މިވަގުތު ސައިޓުގައި ކުރިއަށްދަނީ ފޫޓިންގްތަކުގެ ފޯމްވޯކް އެޅުމުގެ (ފިލާޖެހުމުގެ) މަސައްކަތްތައް ކަމަށެވެ.
ކެނދިކުޅުދޫ ފުލުހުންގެ މަރުކަޒުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
ރާއްޖޭގެ ހުރިހާ ރަށެއްގައި އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި ވަނީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފައެވެ. މީގެއިތުރުން ފުލުހުންގެ މަރުކަޒުތައް ނިންމާ ހުޅުވަމުން އަންނަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ފިނޭ އަދި މާޅޮހުގެ ފުލުހުންގެ އިމާރާތް ނިންމާ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.